ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
ހިތާދޫ ބަނދަރު މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 1930 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުމާއި، 425 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމާއި 90 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 350 މީޓަރު އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި، ފަސް މޫރިންގް ބޮއި ހަރުކުރުން ހިމެނޭ ކަމަށެވެ. އަދި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ބުރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ރޭމްޕް ހެދުމާއި، 18 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1750 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޓީސީސީން 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު