ސްރީ ލަންކާއިން ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އަލީ ފެނިއްޖެއެވެ.
އިބްރާހީމް އަލީ ގެއްލިގެން ހޯދަން ފަށާފައިވަނީ ފިތުރު އީދު ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވެގެންނެވެ. 62 އަހަރުގެ އިބްރާހީމް އަލީ އީދު ނަމާދަށް ދިޔައީ ދެހިވަލާގައި ހުންނަ މިސްކިތަކަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިބްރާހީމް އަލީ މިއަދު ފެނިފައިވާ ކަމަށާއި އިބްރާހީމް އަލީ ފެނިފައިވަނީ ކޮލަމްބޯ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖޭގެ ހޮއިކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ހައި ކޮމިޝަންގެ މުވައްޒަފަކާއި އިބްރާހީމް އަލީގެ އާއިލާ މީހުން މިވަގުތު އޭނާ ގާތުގައި ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިބްރާހީމް އަލީ ސްރީ ލަންކާގައި ދިރިއުޅެމުންދަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު