ޅ.އަތޮޅު މާފިލާފުށްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި އެވެ.
އެމްއެންޑީއެފުން ބުނީ މަސްދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާދިނުމުން އެކަން ދޯނިން ކޯސްޓްގާޑަށް އަންގާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު އެ ދޯނި ކައިރިއަށް ދަތުރުކުރަމުންދ އަންނަ ކަމށްވެސް ބުންޏެވެ.
ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ މިޔަރު ހަމަލާދިން މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މަސްވެރިންނަށް މިޔަރުގެ އުދަނގޫވާތީ ޝަކުވާ ކުރުން ވަނީ އިތުރުވެފައެވެ. މަދުން ނަމަވެސް މިޔަރުގެ ހަމަލާގެ ސަބަބުން ހިތާމަވެރި ހަދިސާތައް ހިނގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު