އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ރ. މީދޫ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ފަރާތުން އުމްރާއަށް ދިޔަ ރ. މީދޫ/ ކަގީ, ސައީދު ޔޫސުފް , 71އ. އެވެ.

ޒަމްޒަމް ގުރޫޕުން ބުނީ, މިއަދުގެ ވަގުތެއްގައި ސައީދު ނިޔާވީ މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ސައީދުގެ އާއިލާ މީހަކާ ގުޅިފައި ނުވާތީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައީ ކިހިނެއްވެގެން ކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ. ޒަމްޒަމް ގުރޫޕުންވެސް ބުނީ އެކަން ސާފުކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

ރ. މީދޫ ކައުންސިލުގެ ރައީސް ހަސަން ޝަރީފު "ވަން" އަށް މިއަދު ވިދާޅުވީ, ސައީދު އުމްރާއަށް ދިޔައީ އާއިލާގެ ބައެއް މެންބަރުންނާއެކު ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް, އަދި އުމްރާއަށް ދިޔައީ ކޮން ދުވަހަކު ކަމެއް އަދި ނިޔާވީ ކިހިނެއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.