މިއަހަރުގެ އޯ ލެވެލް އިމްތިހާނު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އޯލެވެލް އިމްތިހާނު ކުރިއަށްދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ޖޫން މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް ހަމަށެވެ.
ރާއްޖޭގެ 239 ސެންޓަރަކުން މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 5،393 ދަރިވަރުން ބައިވެރިވާނެއެވެ.
މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންވެސް މިއަހަރުގެ އޯލެވެލް އިމްތިހާބުގައި ބައިވެރިވާނެއެވެ.
އިމްތިހާނު ކަރުދާސްތައް މިހާރު ސެންޓަރުތަކަށް ފޮނުވަން ފަށާފައިވާއިރު، މިމަހުގެ 29ގެ ކުރިން ހުރިހާ ސެންޓަރަކަށް ފޭޕަރުތައް ފޮނުވައި ނިމޭނެ ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ.
ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ އޯގަސްޓް ދިހަ ވަނަ ދުވަހު އެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު