ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މުލިއާގޭގައި ރޯދަވީއްލުމެއް ދެއްވައިފިއެވެ.

އެ ރޯދަ ވީއްލުމުގައި ފަސްޓްލޭޑީ ފަޒްހާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސްގެ ދަރިކަލުންނާއި ދަރިކަނބަލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން އާންމުކޮށްފަައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޯދަވީއްލުމުގައި ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ވަނީ ރޯދަ ވީއްލުމުގެ ކުރިން އެކުދިންނާއެކު މުލިއާގޭގައި ވަގުތުކޮޅެއް ހޭދަ ކުރައްވައިފައެވެ. އެގޮތުން ރައީސް ވަނީ ހިޔާގެ ކުދިންނާއެކު ރާޒުވާ އަދި ކެރަމް ކުޅުއްވައިފައެވެ.

މީގެ އިތުރުން އެކުދިން ފޮތް ކިޔައި ތަފާތު އެކި ކުޅިވަރުތައް ކުޅެމުން ދިޔަ ވަގުތު އެކުދިންގެ އަރިހުގައި ރައީސްގެ ދެކަނބަލުން ހުންނެވިއެވެ.

މިއީ މި ފަހުން މުލީއާ ގޭގައި ވަގުތު ހޭދަކޮށް، ރޯދަ ވީއްލުމުގެ ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.