ހުޅުމާލޭގެ ގުދަނެއްގައި ހުރި ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ގުދަނެއްގައި ހުރި ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު ހަވީރު 5:00 ހާއިރެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީއަކަށެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބާއި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.