ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.
ފަރެސް މާތޮޑާ އެއާޕޯޓް މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީ އިން މިއަދު ބުނީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކުރުމާއި، ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު