ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ބެހޭގޮތުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ކުރެންދޫ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 44.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ދިމާވެފައިވާ ރަށެކެވެ. މިދިޔަ އަހަރުގެ ސެމްޓެމްބަރު މަސްތެރޭގައި އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ލިބ މޫދާ ކައިރީގައި ހަދާފައިވާ ރީތި ފުޓްބޯޅަ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.