ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފިލްމީ ތަރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ސްޓެޕް އައްޔަ ހޯދަމުން އަންނަނީ ސިވިލްކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން ސްޓެޕް އައްޔަ ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 10:45ގައި ކަމަށެވެ.

އެހެން ކަމުން، ސްޓެޕް އައްޔައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.