100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ކ. ދިއްފުއްޓަށް މިއަދު ތައާރަފުކޮށްފިއެވެ.

އެކަމާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު މީޑިއާތަކަށް ވިދާޅުވީ، ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ރާއްޖޭގެ 100 ޕަސެންޓް އާބާާދީއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދިއްފުއްޓަށް ސުޕަނެޓްގެ ހިދުމަތް ދެވި، އެރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތައް ގުޅުވާލަދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑުތަކާއި ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަަަކަަކީ މާކެޓުގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖުތަައް. ކުރިއަށް އޮތްް ތަނުގައިވެސް ދިވެހިންގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ..،" ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ދާދި ފަހުން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގުރޭޑުކޮށްފައެވެ.

އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑުވެސް ލިބޭނެއެވެ. އަދި ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭ އިރު، ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

އުރީދޫން ބުނީ، ދިއްފުށީގެ ރައްޔިތުންގެ ތެރެއިން އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖުތަކާ ގުޅޭ މައުލޫމާތު http://ore.do/getsupernet އިން ލިބޭނެ ކަމަށެވެ.