ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯކްވޭ ބްރިޖު ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.
ގުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީ އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ގުރައިދޫ ބަނދަރުގައި ހަދަން ހަމަޖެހިފައިވާ ވޯކްވޭ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލައިފައިވާ ކަމަށާއި އަދި އެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތުގެ 88 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ޕްލޭނިންގެ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު