ކޮވިޑުން ދިފާއުވުމަށް ޖަހަންޖެހޭ ބޫސްޓާ ޑޯޒް ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ ފަރާތްތަކުން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑިތައް އާންމުކޮށް އެޗްޕީއޭއިން މިރޭ ބުނީ، ރޯދަ މަހުގެ ކުރިން ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
ބޫސްޓާ ޑޯޒުގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ. ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:00 އަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.
ރާއްޖޭގެ އާބާދީގެ 398،348 މީހުން ކޮވިޑުގެ ފުރަތަމަ ޑޯޒް ޖަހަފާއިވާ އިރު، ދެވަނަ ޑޯޒު ޖަހާފައިވަނީ 371،439 މީހުންނެވެ. އަދި ބޫސްޓާ ޑޯޒު ޖަހާފައިވަނީ 143،477 މީހުންނެވެ.
އެޗްޕީއޭ އިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް ފަހުން 18 އަހަރުން މަތީގެ މީހުންނަށް ވެސް ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު