ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި)ގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. އަދި އާ ހާބަރު ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައި ކަމަށެވެ.
އޭގެ އިތުރުން 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ 25.88 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު