އެމްއެންޑީއެފްގެ އަސްކަރީ ތަމްރީން ހަދަމުންދާ މީހުންނަށް ދިމާވަމުންދާ ސިއްހީ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޓީ އަކީ އެކި އިދާރާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށެވެ. އަދި ތަމްރީނުތަކުގައި ދިމާވާ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެ ކޮމިޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ހާއްސަ ޓީމެއް އެކުލަވާލާފައިވަނީ މާފިލާފުށީގައި އެމްއެންޑީއެފް ޓްރެއިނިން ހަދަމުންދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކު މި މަހުގެ ހަތްވަނަ ދުވަހު މަރުވެ އަދި ތަމްރީން ހަދަމުންދިޔަ އިތުރު ދެ މީހަކަށް ސިއްހީ މައްސަލައެއް ދިމާވެ، އައިޖީއެމްއެޗުގައި މިވަގުތު ފަރުވާ ދެމުންދާތީއެވެ.
ފަރުވާ ދެމުންދާ ދެ ސިފައިންގެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
އެމްއެންޑީއެފުން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކެއް ކަމަށާއި ތަމްރީނުތަކުގައި ބައިވެރިވާ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ބައިވެރިވާ މީހުން ކަމަށެވެ.
ނަމަވެސް މިފަހުން ދިމާވި ތިން ހާދިސާއާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ބުނެވޭނީ އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު