އެއްވެސް ކުޅުންތެރިއަކު ބާސެލޯނާއަށް ނޫނެކޭ ނުބުނާނެ ކަމަށް ކޯޗު އަދި ކްލަބު ލެޖެންޑް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ޒަވީ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވަނީ ޑޯޓުމަންޑަށް ކުޅެމުންދާ އާލިން ހާލަންޑްގެ ޓްރާންސްފާއާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ނޫސްވެރިން ހާލަންޑްގެ ޓްރާންފާއާ ގުޅިގެން ސުވާލުކުރީ ޒަވީ، ހާލަންޑާ ބައްދަލުކުރި ކަމަށް މީޑިއާގައި ވާހަކަތައް ދެކެވިފައިވާތީއެވެ. މި މަހުގެ ކުރީކޮޅުގައި ޒަވީ ޖަރުމަނުގައި ހާލަންޑާ ބައްދަލުކުރި ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ހާލަންޑް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބަކީ ބާސެލޯނާއެވެ.
"އަހަރެން ނުދެކެން ބާސާއަށް ނޫނެކޭ ބުނި އެއްވެސް ކުޅުންތެރިއެއް. ކޮންމެ ކުޅުންތެރިޔަކާ ވާހަކަ ދެއްކިޔަސް، ބާސާގެ ސްޓައިލާ ތަމްރީނުތަކަށް އެ ކުޅުންތެރިޔަކު ޝައުގުވެރިވާނެ. ކުޅުންތެރިންނަށް އެނގޭނެ ބާސާއަކީ ދުނިޔޭގެ އެންމެ ހިތްގައިމު އެއް ސިޓީކަން. ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބުކަން،" ޒަވީ ބުންޏެވެ.
ޒަވީގެ ބާސާއިން މިރޭ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ގަލަޓަސަރޭއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައި އޮތް އިރު، އިއްޔެގެ ޕްރެސްގައިވެސް ޒަވީ ވަނީ ހާލަންޑާ ބައްދަލުކުރި ކަމަށް އިންކާރު ކުރަން ދެކޮޅު ހަދައިފައެވެ. ހާލަންޑާ ބައްދަލުވިތޯ ނޫސްވެރިން ސުވާލުކުރުމުން ޒަވީ ދީފައިވާ ޖަވާބަކީ، ކްލަބުގައި މަސައްކަތްތައް ކުރަމުންދަނީ މިހާރުގެ ސްކޮޑު ތަމްރީނުކުރުމުގެ އިތުރުން މުސްތަގުބަލަށް ކަމަށެވެ.
އުމުރުން 21 އަހަރު ތަރި ހާލަންޑް ހޯދަން މަސައްކަތް ކުރަނީ ހަމަ އެކަނި ބާސާއަކުން ނޫނެވެ. ބާސާގެ އިތުރުން ޕީއެސްޖީއާއި ޔުވެންޓަސް، މެންޗެސްޓާ ސިޓީ އަދި ޗެލްސީންވެސް ދަނީ އޭނާއަށް ފާރަލަމުންނެވެ. ހާލަންޑާއެކު ޑޯޓުމަންޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު ސީޒަންގެ ނިޔަލަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު