މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއާ ގުޅިގެން މިމަހު 11 އިން 19 އަށް ދުވާ ޓްރެކް ބަންދުވާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އިއުލާންކޮށްފިއެވެ.
ގައުމީ ކުޅިވަރުތަކާއި، ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ ހާއްސަ ސްޕޯޓްސް އެވޯޑްސް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވަނީ އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ. އެ ދަނޑުގެ ވަށައިގެން ސިންތެޓިކް ދުވާ ޓްރެކް އޮންނަ އިރު، އިވެންޓަށް ތައްޔާރު ކުރުމަށް މިހާރުވެސް ވަނީ އެ ސަރަހައްދުގައި މަސައްކަތްތައް ފަށައިފައެވެ.
މިހާރުވެސް ޓްރެކް ހިމެނޭ ސަރަހައްދުގައި ވަށައިގެން ދާ ޖަހާފައިވާ އިރު، އެ ސަރަހައްދުގައި އިވެންޓަށް ތައްޔާރީތައް ރަސްމީކޮށް ފަށާނީ ޓްރެކް ބަންދު ކުރުމަށްފަހުއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. އިވެންޓަށް ރާއްޖެއިން ބޭރުން، އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުންނާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފަރާތްތައް ރާއްޖެ ގެންނަން ނިންމާފައިވެއެވެ.
އެވޯޑްސްއަށް ރާއްޖެ ގެންނަ ބައެއް އެތުލީޓުން މިހާރުވެސް އިއުލާން ކޮށްފައިވާ އިރު، އޭގެ ތެރޭގައި ސްވިޑެންގެ ސްވިމިން ޗެމްޕިއަން ސާރާ ހޮޔޯސްޓްރޯމްއާއި، ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސްގެ އިތުރުން ބްރެޒިލްގެ ލެޖެންޑަރީ ވޮލީބޯޅަ ކުޅުންތެރިޔާ ގިލްބާޓޯ ގޮޑޯއީ (ގިބާ) އަދި ދުނިޔޭގެ އެއްވަނަ ވީލްޗެއާ ޓެނިސް ކުޅުންތެރިޔާ ގޯޑޮން ރީޑް ހިމެނެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް