މ. މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިންގެ މަސައްކަތް ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މުލީ އެއާޕޯޓު މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް ކުރަމުންދާ އިރު، ފަޔާ ޕޮންޑުގެ ބްލޮކް ކާސްޓިން މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މުލީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ފެބްރުއަރީ 28، 2021ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އެ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު ވަނީ ފަށައިފައެވެ. މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެ ކަމަށެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަންއެއްވެސް ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު