މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ މަސްގަންނަ ސެންޓަރުތަކާޢި ބޯޓުފަހަރުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކާނީ 14 ރުފިޔާ 44 ލާރިއަށް ކަމަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 17 ރުފިޔާ 10 ލާރިއަށް ކަމަށް ބުންޏެވެ.
މިފްކޯ އިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުވެސް އެކުންފުނިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެފަހަރު މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަން ނިންމީ 12 ރުފިޔާ 68 ލާރިއަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަން ނިންމީ 15 ރުފިިޔާ އަށެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުންޏަށް ތެޔޮ ފޯރުކޮށް ދޭ އެސްޓީއޯއިން ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމުން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ބޮޑުކޮށްފައެވެ.
އެގޮތުން އެކުންފުނިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 14 ރުފިޔާ 60 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 14 ރުފިޔާ 80 ލާރިއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު