އުރީދޫ މޯލްޑިވްސް އާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފި އެވެ.

އުރީދޫން ބުނީ، މެޓަައާއި ގުޅިގެން ފޭސްބުކް މޮބައިލް ސެންޓަރު ފޯރުކޮށްދީފައިވަނީ، އެ ކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވިދާޅުވީ، މެޓައާ އެކު އެކުންފުނީގެ ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އަދި އީޖާދީ ހައްލުތަކާ އެކު ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފޭސްބުކްއަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ހަަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށްވެސް ބޭނުން ކުރާ ޕްލެޓްފޯމެކެވެ. އެހެންކަމުން މި ޕާޓްނާޝިޕާ އެކު އަޅުގަނޑުމެންގެ ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާ އެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖުކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމުތައްވެސް މެދުކެނޑުމެއްނެތި ބޭނުންކޮށްލެވޭނެ" ނިޔާޒު ވިދާޅުވިއެވެ.

ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:

  • 1. ފޭސްބުކަށް ލޮގިން ވުމަށްފަހު މެނޫ ހިޔާރުކުރައްވާ
  • 2. ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރަައްވާ
  • 3. "މޮބައިލް ސެންޓަަރު-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރެއްވާ
  • 4. ރިޗާާޖް ހިޔާރުކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާާާ

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަންވެސް ފަަހިކޮށްދީފައެވެ. އެ ހިދުމަތްތަކާ އެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލައި ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ.

އުރީދޫން ބުނީ، މިއަދު ތަައާރަަަފު ކުރި ހިދުމަތާާ އެކު ޕްލެޓްފޯމް ތެރެއިން ރިޗާޖުކޮށް، ޓެކްސްޓް އޮންލީ ވާޝަނުން ފޭސްބުކްގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެ ކަމަށެވެ.