ޚަބަރު

ސްޕްރައިޓް ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާންކުރަން ފަށައިފި

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސްޕަރައިޓުން ރާއްޖޭގައި ކުރިއަށް ގެންދަން ފަށާފައިވާ "ޗިލް ވިތް ސްޕްރައިޓް އެންޑް ޔޯ ސްކްރީން" ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާންކުރަން މިއަދު ފަށައިފިއެވެ.

ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން ސްޕަރައިޓަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕަރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމާ ޕްރޮމޯޝަނެއް ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުއެވެ.

"ޗިލް ވިތް ސްޕްރައިޓް އެންޑް ޔޯ ސްކްރީން" ކެމްޕޭނުގެ މަގުސަދަކީ ގޭގައި ފޯނާއި ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު ފުރިހަމައަށް ރިފްރެޝްވެ ތިބުމާއެކު ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސްޕަރައިޓުން ބުންޏެވެ.

ސްޕްރައިޓުން ބުނީ، މިދިޔަ މަހުގެ 19 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ދެ ނަސީބުވެރިން (ކޮންމެ ޓިއާއަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓީވީއެމްއިން ލައިވްކޮށް ގެނެސްދޭނެއެވެ. އަދި @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ފުޅީގެ ހާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ހާއްސަ ހަ ނަމްބަރުގެ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑުގެ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނައިފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖައްސާފައިވާ އިރު، ޓިއާ އެކެއްގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއާ ދޭއްގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފުރިޖު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލައިފައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 ޕަސަންޓް ރީސައިކަލް ކުރެވޭ ޕެކޭޖިންއަށް ބަދަލުކުރުމަށް ކޮކާކޯލާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 ޕަސަންޓް ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެއެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ލުއި ބުއިމެކެވެ. 1961 ވަނަ އަހަރު ތައާރަފުކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކައެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރު ހިއްކުން ފިލުވައިލަދޭ މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައެވެ.