އެމަނިކުފާނު ހޮސްޕިޓަލުން މިއަދު ދޫކޮށްލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް، ސިންގަޕޫރުގައި ތައިރޮއިޑް ސާޖަރީއެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެކަމަށް ޓަކައި، އެމަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ވަގުތީ ގޮތުން ހަވާލު ކުރެއްވި ނަމަވެސް، ހަމަ އެދުވަހު، އެމަނިކުފާނުގެ ޒިންމާތަކާ އަލުން ހަވާލުވެވަޑައިގަތެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލާފައިވާ ކަމަށެވެ. ހާލުކޮޅު ރަނގަޅު ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު