ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސ. ހިތަދޫ/ ޖަންބުމާގެ ޝައިހް މުހައްމަދު އަނީލު މިއަދު އައްޔަން ކުރައްވައިފިއެވެ.
އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލާސް ޑިގްރީގެ ސަނަދު ހާސިލުކުރައްވައިފައެވެ. އަދި މިހާރު އޭނާ ދަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަައުލީމު ހާސިލުކުރައްވަމުންނެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަގާމު އަދާކުރައްވައިފައެވެ.
އަނީލްއާއެކު އިސްލާމިކް މިނިސްޓްރީގައި މިވަގުތު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ. ދެން ހުންނަވާނީ ޝައިހް އިލްޔާސް ޖަމާލެވެ.
ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު