ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްތުތަކާއި ޒިންމާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ހަވާލުވެވަޑައިގެންފިއެވެ.
އެމަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ވަގުތީ ގޮތުން ހަވާލުކުރެއްވީ ސިންގަޕޫރުގައި މިއަދު ހެނދުނު ތައިރޮއިޑް ސާޖަރީއެއް ކުރައްވާތީއެވެ. އެހެންވެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރައީސްކަމުގެ ހުވާ ކުރައްވައި، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.
ނަމަވެސް ރައީސް އޮފީހުން ބުނީ ކާމިޔާބު ސާޖަރީއަށް ފަހު ހެނދުނު 9:30ގައި ރައީސް، އެ މަނިކުފާނުގެ މަސްއޫލިއްޔުތަކާއި ވާޖިތުތަކާ އަލުން ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އެކަން ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައިވާ ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިޔުމުން އަންގަފާވައިފާ ކަމަށްވެސް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ރައީސް ސޯލިހު ހަވާލުވެވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްތުތައް ނައިބު ރައީސް ފައިސަލް ނަސީމް އަދާކުރެއްވީ ތިން ގަޑިއިރު 30 މިނެޓު ވަންދެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު