ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާއަކަށް ކަމަށެވެ.
"މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ," ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މި ފަރުވާގެ އިތުރު ތަފުސީލެއް ނުދެއްވައެވެ. ނަމަވެސް ރައީސްގެ ދެކަނބަލުން ވަނީ މިމަހުގެ ތެރޭގައި ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު