ޚަބަރު

ޕެރިސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ބަލްމަން ހެއާ ކޮޗުއާ"ގެ ފިހާރައެއް މާލޭގައި ހުޅުވައިފި

ރިފާ ހަލީލު

ޕެރިސްގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ބަލްމަން"ގެ ޕްރޮޑަކްޓްސްތައް ލިބޭނެ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި އެވެ.

މާލޭގެ ފަރީދީ މަގުގެ މެދެއްހާ ހިސާބުގައި ރޭ ހުޅުވި މި ފިހާރައިން "ބަލްމަން" ބްރޭންޑުގެ ގިނަ ޕްރޮޑަކްޓްސްތަކެއް ލިބެއެވެ.

"ބަލްމަން ޕެރިސް ހެއާ ކޮޗުއާ"ގެ ނަމުގައި ރޭ ހުޅުވި މި ފިހާރައަކީ ކުޅިވަރުގެ ދާއިރާގެ ޝަހުސިއްޔަތެއް ކަމުގައިވާ އަހުމަދު މަރުޒޫގް (މަރޭ)ގެ އަނބިކަނބަލުން އައިޝަތު އަފްރާ މުހައްމަދުގެ ފިހާރައެކެވެ.

ބަލްމަން ހެއާ ކޮޗުއާ އަކީ ހައި ފެޝަން ހެއާ އެޑިޝަންސް އަދި ހެއާ އެކްސްޓެންޝަންތަކުގައި މާކެޓް ލީޑަރެކެވެ. ހެއާ ޑިޒައިން ކުރުމުގައި އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ މި ލަގްޒަރީ ކެއާ ސްޓައިލިން ޕްރޮޑަކްޓްސް އާ ގުޅޭ ގޮތުން އަފްރާ ބުނީ މިއީ ރާއްޖޭގެ ޒުވާނުންނަށް ވަރަށް ކަމުދާނެ ބްރޭންޑެއް ކަމަށެވެ.

އަފްރާ ބުނީ އެ ފިހާރައިން ބަލްމަން ބްރޭންޑުގެ ޝޭމްޕޫ އިން ފެށިގެން ހެއާ ސްޕްރޭ އާއި ހެއާ ސީރަމްވެސް ހެޔޮ އަގެއްގައި ލިބޭނެ ކަމަށެވެ. އަދި ތުނބުޅި ބަހައްޓަން ލޯބި ކުރާ ފަރާތްތަކަށް ތުނބުޅިއަށް ހާއްސަ މީރުވަސް ދުވާ ތެލާއި ސްޕްރޭވެސް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މި ފިހާރައިން އިޓަލީގެ މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމަށްވާ "ޕްރޮވޮކް"ގެ އެކި ކަހަލަ ލިޕްސްޓިކާއި، އައި ލައިނާ އާއި ވަރަށް ގިނަ ބާވަތްތަށް ލިބެން ހުރެ އެވެ. އަދި ހަންގަޑާއި ގުޅެ ގޮތަށް މިނެރަލް އެކުލަވާލައިގެން ތައްޔާރުކޮށްފައި ހުންނަ ފައުންޑޭޝަންވެސް މި ފިހާރައިން ލިބެންހުރެ އެވެ.