ވ. ތިނަދޫ ކައުންސިލުގެ ރައީސްއާއި ނައިބު ރައީސްއާ ދެމެދު މާރާމާރީއެއް ހިންގައިފިއެވެ.
ތިނަދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ޒަރީރު "ވަން" އަށް މިއަދު ވިދާޅުވީ ކައުންސިލުގެ ތެރޭގައި ކަންކަން ހިންގަމުންދަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި އެކަން ތަކުރާރުކޮށް ކައުންސިލުގެ ރައީސްއާ އަދި އެހެން މެންބަރުންގެވެސް ސަމާލުކަމަށް ގެނައި ކަމަށެވެ. ނަމަވެސް އެކަމަށް ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އިއްޔެގެ މާރާމާރީ ހިނގީ އެ ވާހަކަތަކުގެ ތެރެއިން އުފެދުނު ދެ ބަސްވުމެއްގެ ތެރެއިން ކަަމަށެވެ.
"ގަވާއިދާ ހިލާފަށް ކަންކަންވާ ނަމަ އެކަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ދެން އިއްޔެވެސް އެވާހަކަތައް ދެއްކީމަ ބައެއް ވާހަކަތައް ހަޖަމުނުވެގެން މާރާމާރީއާ ހިސާބަށް ދިޔައީ. ކައުންސިލް ރައީސްއާއި އަޅުގަނޑާ ދެމެދު މާރާމާރީ ހިނގީ. ދެން އަޅުގަނޑަށް އަނިޔާވެސް ލިބުނު. ނަފުސާނީ ގޮތުންވެސް ޖިސްމާނީ ގޮތުންވެސް. އަޅުގަނޑު ކަންފަތްމަތީގަވެސް ޖެހި. އެހެންތާކުވެސް ޖެހި. ޑޮކްޓަރަށްވެސް ދެއްކިން އެކަމާ. ދެން އަޅުގަނޑުވެސް ދިފާއުވާން މަސައްކަތް ކުރާނެ ދޯ،" ހާދިސާ ހިނގާދިޔަ ގޮތް ހިއްސާކުރަމުން ޒަރީރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ ޒަރީރު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭނާ ކަމަށާއި ގާނޫނާ ހިލާފަށް ކަންކަން ހިނގާ ނަމަ އެ ވާހަކަތައް އަދިވެސް ދައްކާނެ ކަމަށެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް ޝިފާގު ހަސަންގެ ބަހެއް ހޯދުމަށް އޭނާގެ ފޯނަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި ޒަރީރަކީ ޝިފާގުގެ ބޮޑުބޭބެ އެކެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ތިނަދޫގައި ދެ މީހެއްގެ ދެމެދު މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު 3:03ގައި ލިބިފައިވާ ކަމަށެވެ. އެކަން ތަހުގީގު ކުރަމުންދާ އިރު، މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު