ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި އޭބީސީ މަސައްކަތްތައް ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗާ އެސެމްބްލީ މަސައްކަތްތަކުގެ 81 ޕަސެންޓު ނިމިފައިވާ ކަމަށެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު