ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.
ރަސްމާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު