ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ރައީސް ސޯލިހު މިއަދު ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، އެމްޑީޕީގެ މުހިންމު ޖަލްސާއެއް މިރޭ ބާއްވަން އޮތީ ނިންމައިފައެވެ.
އެގޮތުން، ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުވުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ތާރީހެއް ކަނޑައެޅުމަށް، އަންނަ ޖޫން މަހުގެ ކުރިން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން މިރޭގެ ޖަލްސާއަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވަން ވަނީ ނިންމަވައިފައެވެ.
ރައީސްގެ ދެކަނބަލުން ދާދިފަހުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށްވެސް ވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު