ޑިފެންސް މިިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް" ހިމަނައި އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް އައި ބަދަލުތައް މަޖިލީހުން ފާސްކޮށްދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ރއްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުން މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަށް ފޮނުވުނީ ކަމަށެވެ.
އެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށްފަހު މަޖިލިސް ރައިސް ވިދާޅުވީ، މި މަސައްކަތުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓު ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެންމެ ފުރަތަމަ ރާއްޖޭގެ ކަނޑުގެ ޗާޓެއް ކުރަހާފައި ވަނީ، 1846 ގައި ކަމަށާއި މިހާތަނަށްވެސް ބޭނުން ކުރަމުން އަންނަނީ އެ ޗާޓު ކަމަށްވެސް ވިދާޅުވިއެވެ. ސެޓެލައިޓް އިމޭޖް ބޭނުންކޮށްގެން ފަހުން އެޑްމިރަލްޓީ ޗާޓެއް ހަދާފައިވީނަމަވެސް އެ ޗާޓުވެސް ބޭނުން ކުރަނީ 1846 ވަނަ އަހަރު ކުރަހާފައިވާ ޗާޓާއެކު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިދާރާއެއް އުފައްދަވައި އެ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވީ ހުސްވި ޖެނުއަރީ 19 ގައެވެ.
އެ ސާވިސްގެ މަސައްކަތްތަކުގެ ތެރޭގައި ނުވަކަމެއް ވަނީ ހިމަނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު