ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 279 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ބުނީ، އިއްޔެ މެންދުރު 1:37 ގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ޅ. ނައިފަރުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑު ބަލީގައި ނައިފަރުން މީހަކު މަރުވިއެވެ. އެ ދުވަހު މަރުވެފައިވަނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 66 އަހަރުގެ އަންހެނަކެވެ.
އިއްޔެގެ އެ މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 279 އަށް އަރައިފައެވެ. އެއީ 260 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު