ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ގަލްފް ކުރާފްޓާއި ހަވާލުކޮށްގެން ބަނދެފައިވާ ހަތަރު ފެރީއެއް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ގަލްފް ކްރާފްޓުން މި ހަތަރު ފެރީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އިއްޔެއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފެރީ ނިޒާމުގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން ފެރީ ދަތުރުކުރާ ރޫޓުތަކުގެ ޓެސްޓު ދަތުރުތަކެއް ކުރުމަށް ހަތަރު ފެރީވެސް މިއަދު ހދ. އަތޮޅަށް ފުރާނެ ކަމަށެވެ.
މި މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީން އަންނަނީ ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް 17 ފެރީއެއް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ބަނުމުގެ މަސައްކަތް ކުރަމުންނެވެ. އެވެ. އެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.
މި ޕްރޮޖެކްޓްގައި ރާއްޖޭގެ ހަ ސަރަޙައްދަކަށް ބަހާލާފައިވާއިރު މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ހިސާބެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލާނެ ކަމަށާއި އެ ނިޒާމު ފުރިހަމަވާއިރު 60 ފެރީ ހަރަކާތްތެރިވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ކުރިން ވިދާޅުވިއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ
ޚަބަރު
ޚަބަރު
ޚަބަރު