ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބާ ޖަލު (ޑިޓެންޝަން ސެންޓަރު) ކ. ހިންމަފުށީގައި މިއަދު ހުޅުވައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމު ކުރުމަށް އެ މިނިސްޓްރީއަށް ލާޒިމު ކޮށްފައިވާތީ، ހިއްމަފުށީ އައްސޭރި ޖަލުގައި މިއަދު އެ ސެންޓަރު ގާއިމު ކޮށްފައިވާ ކަމަށެވެ.

އެ ސެންޓަރު ބަލަހައްޓާނީ އެ ވުޒާރާގެ ދަށުގައި އޮންނަ ކަރެކްޝަން ސާވިސްއިން ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ހިއްމަފުށީގައި ޑިޓެންޝަން ސެންޓަރު މިއަދު ގާއިމު ކޮށްފައިވާއިރު، ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުދިން ބޭތިއްބުމަށް އެކަށިގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މީގެ ކުރިން ވަނީ ކަނޑައަޅައިފައެވެ.