ހދ. ހިރިމަރަދޫ މޫދު ތެރެއިން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާއިން މިއަދު ބުނީ، މަރުވެފައި އޮތް މީހަކު ހިރިމަރަދޫން ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ މެންދުރުފަހު 1:30 އެހާއިރު ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ 71 އަންހެނެއް ކަމަށާއި އޭނާ ފެނުނީ ހިރިމަރަދޫ އަތިރިމަތީން، ރާޅުޖަހާ ހިސާބު މޫދުތެރޭގައި އޮއްވައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ހުރިކަން ފާހަގަވެފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު