މިއަހަރުގެ އެންމެ ރީތި، 'މޯސްޓް ހޭންޑްސަމް' 20 ޒުވާނުންގެ ނަން އިއުލާނުކޮށްފިއެވެ. ބައެއް މޫނުތައް ދެކެފަރިތަ ނަމަވެސް މަގާމާއި ވަނަ ވަނީ ބަދަލުވެފައެވެ.
މި ލިސްޓުގެ ފަސްވަނައަށް ހޮވިފައިވަނީ 5 އޮކްޓޯބަރު 1991 ގައި ޗައިނާގެ ޗޮންގޮއިންއަށް އުފަންވެފައިވާ ޗައިނާގެ ލަަވަކިޔުންތެރިޔާ އަދި އެކްޓަރު ޝައޯ ޒުހާން އެވެ.
މި ލިސްޓުގެ ހަތަރުވަނައިގައި މިވަނީ 12 ޖެނުއަރީ 1993 ގައި އިންގްލެންޑުގެ ބްރެޑްފޯޑަށް އުފަންވެފައިވާ އަސަރުގަދަ ފިރިހެންވަންތަ އަޑަކުން މޮޅު ރީތި އެތައް ލަވަތަކެއް ކިޔަމުން އަންނަ އިނގިރޭސި އާއިިލާއަކަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޒައިން މަލިކެވެ.
ފަހުރުވެރި ތިންވަނައިގައި ހިމެނިފައި 13 މެއި 1986 ގައި ލަންޑަނަށް އުފަން ބްރިޓިޝްގެ ރައްޔިތެއް ކަމަށްވާ ހޮލީވުޑްގެ އެކްޓަރު ރޮބަޓް ޕެޓިސަންއެވެ.
ފަހުރުވެރި ދެވަނައަށް ހޮވިފައިވަނީ މިދިޔަ އަހަރު ތިންވަނައިގައި ހިމެނުނު ތަރިއެވެ. އިންޑިއާގެ ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ، ހިންދީ ރީތި ހިތްގައިމު ތަފާތު ފިލްމުތަކެއްގައި ތަފާތު އެކި ރޯލުތަކުން ކާމިޔާބުވެފައިވާ ތަރިއެވެ. 10 ޖެނުވަރީ 1974 ގައި އުފަންވި އޭނާއަކީ ދެކުދިންގެ ބައްޕައަކަސް ނުހަނު ފުރިހަމަ ކަސްްރަތީ ހަށިގަނޑަކާއި ކުލަރީތި ލޮލެއްގެ ވެރިއެކެވެ. އެންމެ ހާއްސަކަމަކީ އޭނާއަކީ އެއްވެސް އުނދަގޫކަމެއް ނެތި ހަށިގަނޑު ގުޑުވާލަން ބޭނުން ވައްތަރަކަށް ގުޑުވާ ނެށުންތެރިއެއް ކަމެވެ. އެއީ އިންޑިއާގެ މުމްބާއީއަށް އުފަން ހިންދުސްތާނުގެ ރައްޔިތެކެވެ. ބޮލީވުޑްގެ ދުނިޔޭގައި 'ކަހޯނަޕިޔާރްހޭ'ގެ ރޯހިތު، އަގުބޮޑު އެކްޓަރު އަދި ކާމިޔާބު މޮޑެލް ރިތިކް ރޯޝަންއެވެ.
އެންމެ ފުރިހަމަ އެއްވަނައިގައި މިއަހަރުވެސް ފެށުނު އިރު އޮތީ މިދިޔަ އަހަރު ފެށިގެން އައިސް ނިމިގެން ދިޔައިރުވެސް މި ލިސްޓުގެ އެއްވަނައިގައި އޮތް ހިތްތަކުގެ ރަސްގެފާނެވެ. މިއުޒިކުގެ ދުނިޔެއަށް ތަފާތު ބަދަލަކާއި އިންގިލާބެއް އޭނާގެ އެކުވެރިންނާއެކު އޭނާ ވަނީ ގެނެސްދީފައެވެ. އިނގިރޭސި ބިލްބޯޑު ޗާޓުގައި ވެއްޓުމެއް ނެތި އެއްވަނައިގައި ހިފަހައްޓައިލުމުގެ ރެކޯޑު އޮތީ އޭނާގެ ބޭންޑުގެ އަތުގައެވެ. ބީޓްލްސްގެ ރެކޯޑު މުގުރާލުމުގެ ފަހުރުވެސް މި ޒުވާނާ ވަނީ އޭނާގެ އެކުވެރިންނާއެކު ހޯދައިފައެވެ.
ސައުތު ކޮރެއާގެ ބައިސަންޑޮންގްއަށް 30 ޑިސެމްބަރު 1995 ގައި އުފަންވި، ލަވަލިޔުމާއި ލަވަކިޔުމުގެ އިތުރަށް އެކްޓް ކުރުމުގައިވެސް ކުޅަދާނަ 27 އަހަރުގެ ސައުތު ކޮރެއާގެ ޒުވާނެއް ކަމަށްވާ "ބިލިއޮނަރޭ"ގެ ނަމުން މަޝްހޫރުވެފައިވާ ސްޓޭޖުތަކުގައި "ވީ"ގެ ނަމުން ނަން ދެވިފައިވާ ކިމް ޓޭހްޔުންގް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ރީތި، އެންމެ ހޭންޑްސަމް ޒުވާނާއެވެ.
ވޯލްޑްސް ޓޮޕް ރޭންކިން އާއި ޓީސީ ސެންޑްލާ އަދި ޓްރެންޑްސްޓޮޕްސް އާއި ޓޮޕްޓެންއެކްސް ފަދަ އެތައް ޔޫޓިއުބް ޗެނަލްތަކަކުން ދުނިޔޭގެ އެންމެ ރީތި ފިރިހެނުން ލިސްޓު ކުރާ އިރު، އާންމުންގެ މެދުގައި ނެގޭ ވޯޓުތަކަށް މި ޗެނަލްތަކުން އިސްކަންދެއެވެ. އަދި ފެޝަނުގެ ދުނިޔެއާއި އެންޓަޓެއިނިން ދުނިޔެއަށްވެސް ސަމާލުކަމެއް ދެއެވެ. ކޮންމެއަކަސް ސޯޝަލް މީޑިއާއިން ހޮވާ ހޮވުމަކަށްވިޔަސް މިއީވެސް ކުޑަ، އާދައިގެ ފަހުރެއް ނޫންކަން ޔަގީނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް