މާލެ ސަރަހައްދުގެ ކޮވިޑް ސާމްޕަލް ސެންޓަރުތަކުން ރެޕިޑް އެންޓިޖެން ޓެސްޓު ހަދަން ހަދަން ފަށައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، އެންޓިޖެން ޓެސްޓު ހެދުމުގެ ހިދުމަތް ދޭނީ ތިން ތަނަކުން ކަމަަށާއި އެއީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުންނާއި، ހެންވޭރު ދަނޑު އަދި ސޯޝަލް ސެންޓަރުން ކަމަށެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ވެސް މާދަމާ އެންޓިޖެން ޓެސްޓު ހަދައިދޭ ތަނެއް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކޮވިޑުގެ އެއްވެސް އާލާމާތެއް ފެންނަ ނަމަ، އެންޓިޖެން ޓެސްޓު ހަދައިދޭ ތަނަކަށް ދިއުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިފައެވެ.
އެ ސެންޓަރުތަކުގެ އިތުރުން އައިޖީއެމްއެޗާއި ބައެއް ކުލިނިކުތަކުން ވެސް އެންޓިޖެން ޓެސްޓު ކިޓުން ކޮވިޑަށް ޓެސްޓުކުރެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ހުއްދަދީފައި ނުވި ނަމަވެސް، ބައެއް ރިސޯޓުތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް މި ކިޓު ބޭނުން ކުރެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުތައް އާންމުކޮށް ބޭނުންކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުން ޓެސްޓުކޮށް 15 މިނިޓު ތެރޭގައި ދެ ރޮނގު ބުރި އަރައިފިނަމަ އެމީހަކު ޕޮޒިޓިވް ވާނެއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް މި ކިޓު ބޭނުންކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު