ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެ، ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށެވެ. ބަލީގެ ގިނަ އަލާމާތްތަކެއް އެބަހުރި ކަމަށާއި މައިންބަފައިންނާއި އާއިލާއާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން އަދި ހައި ރިސްކް މީހުންނާ ހަމަޔަށް ކޮވިޑު ވާސިލު ނުވުމަށް ކުރެވެން ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.
ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވި އިރު، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެމަނިކުފާނުވެސް މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު