ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ހަަަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑު ޖެހުނު 48 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 37 މީހުން، ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާ (ޑީއެޗް-16) ގައި ނުވަ މީހުން، އައްޑޫ ފެސިލިޓީގައި އެކަކު އަދި ބ. އަތޮޅު ފެސިލިޓީގައި އެކަކެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން ހަތް މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރަށް ލައިގެންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް ވަނީ 2,349 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 112،628 އަށް އަރައިފިއެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން 269 މީހަކު ވަނީ މަރުވެފައެވެ. އެއީ 251 ދިވެހީންނާއި 18 ބިދޭސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު