ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އަބޫދާބީގެ ތިން ތެޔޮ ޓޭންކަރަކަށް ދިން މި ހަމަލާގައި ތިން މީހަކު މަރުވެ، އަށް މީހުންނަށް އެކިވަރުގެ ޒަހަމް ލިބިފައިވެއެވެ. ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހޫތީން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގައިފައެވެ.
މި ހަމަލާ ކުށްވެރިިކޮށް ރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ ބައިނަލްއަގުވާމީ ޤގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި އެއީ އާއްމުންނާ ދަތުރުވެރީން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.
ޔޫއޭއީގެ ސަލާމަތަށް ނުރައްކާ ކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫއޭއީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫއޭއީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފުކޮށްފައެވެ.
ހަމައެއާއެކު ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު