އައްޑޫ ސިޓީ ހެރެތެރޭގައި ހިންގަމުންދިޔަ ކެނެރީފް ރިސޯޓް މިމަހު 15 ވަނަ ދުވަހު ހުޅުވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކެނެރީފް ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޮވިޑާ ގުޅިގެން މާލީ ހާލަތު ދަށްވުމާ ގުޅިގެންނެވެ.

ކެނެރީފް ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްލޭންކޮށްފައިވާ ދުވަހަށް އެ ރިސޯޓު ހުޅުވޭނެ ކަމަށާއި، ހުޅުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

ކެނެރީފް ރިސޯޓު ބަންދުކުރި ނަމަވެސް ކޮވިޑާ ގުޅިގެން އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި އޭރު އެ ރިސޯޓު ވަނީ ބޭނުންކޮށްފައެވެ.