ނ. ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިދެއްވައިފިއެވެ.

އެ މިސްކިތް ރައީސް ސޯލިހު ހުޅުވައިދެއްވީ، ނ. އަތޮޅުގެ ފަސް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ނިލަންދުއަށް ވަޑައިގެންނެވެ.

"މަސްޖިދުލް ފުރުގާން" ގެ ނަންދީފައިވާ އެ މިސްކިތަކީ ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރި މިސްކިތެކެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސައިފައެވެ. ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓޫ ހުންނަ މި މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެކެވެ.

މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.