ބަރަހަނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށްބުނެ އަންހެނަކަށް ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ އަންހެނަކު ބްލެކްމެއިލް ކުރަމުންދާ މައްސަލައަކާ ގުޅިގެން ލ. އަތޮޅުން ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ބަންދަށް ޖަހައިފައިވާ ކަމަށެވެ.
މައްސަލައާ ގުޅޭ އިތުރު މައުލޫމާތު މީޑިއާ އޮފިޝަލް ހިއްސާ ނުކުރައްވައެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ބްލެކްމެއިލް ކުރަމުން ދިޔައީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އަންހެނެކެވެ.
ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ފުލުހުން ވަނީ އެކަމާ ދެކޮޅަށް ހާއްސަ މަސައްކަތެއްވެސް ފަށައިފައެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރަކީ ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅުނު ދެ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު