މ. ދިއްގަރުން، އަލީ ޔާމީން، ވަން އޮންލައިން
ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް މިއަދު ފަށައިފިއެވެ.
ފަތުރުވެރިކަމުގެ އާ ކޮންސެޕްޓް، ހޯމްސްޓޭ ޓޫރިޒަމް މިރަށުގައި މިއަދު ފަށާފައިވާއިރު، އެންމެ ފުރަތަމަ ރަށަށް ޒިޔާރަތްކުރި ހޯމްސްޓޭގެ ފަތުރުވެރިންނަށް މިރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން ވޯޓާ ސެލިއުޓާއި ސަގާފީ ލަގެރިން ވަނީ ފަތުރުވެރިން ހެއްވާލައިފައެވެ.
ފުރަތަމަ ފަތުރުވެރިންގެ ގްރޫޕްގައި ހިމެނެނީ އެމެރިކާގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެތުރިން ހެސްވެލްއެވެ.
ހޯމްސްޓޭ ފެށުމަށް މިރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯމްސްޓޭ ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިރަށަކީ މެހެމާންދާރީ އަދާކުރުމުގައި ތަފާތު ރަށެއް ކަމަށެވެ. ހޯމްސްޓޭ ތައާރަފުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާ އަހަރަކަށް ތައްޔާރުވަމުންދަނިކޮށް، ހަމަ ކުއްލިއަކަށް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއް އެޖެންޑާ ކުރެވި ހަމަ މަސައްކަތް ކުރަމުން ގޮސްފައި އެކެއް ޖެނުއަރީއަށް މިކަން ކުރެވޭ ގޮތް މިވީ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ހޯމްސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މިރަށު "މޫރިތި" ގެ އެވެ. އެ ގޭގެ ތިން ކޮޓަރީގައި ފަތުރިވެރިން ބޭތިއްބުމުގެ ލައިސެންސް، ޑރ. މައުސޫމް ވަނީ އެ ގޭގެ ވެރިފަރާތާ މިއަދު ހަވާލުކޮށްދެއްވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މިރަށަށް ހޯމްސްޓޭއަށް އައި ފަތުރުވެރިންގެ ފައިތިލައިގެ ނިޝާންވެސް ނަގައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހޯމްސްޓޭއާ އެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެއެވެ،
ޚަބަރު
ޚަބަރު
ޚަބަރު