ރާއްޖޭގެ އެއްބައިވަންނަ ކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމުން ދުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މިދުވަސް ފާހަގަ ކުރަން ފެށީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ބިރުވެރި ހާދިސާއަށް ފަހުގައި ކަމަށެވެ.
އެހެންކަމުން "އެމްޑީޕީ އާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމި ތިބުމަށް މިއަދު އަޅުގަނޑު ގޮވައިލަން،" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަ ކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
މިދުވަސް ފާހަގަ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ސުނާމީ ކާރިސާގައި ވަކިވެގެންދިޔަ ލޮބުވެތި އަހުންނާއި އުހުތުންގެ ހަނދާންތައް އާކުރުމުގެ އިތުރުން ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކުގެ މަތިވެރި ރޫހު ދިރުވައި އާލާކުރުން ހިމެނެއެވެ.
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި މިރޭ އޮންނާނެއެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދިނުންވެސް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު