ދުނިޔޭގެ ގިނަ ގައުމުތަކުން ފެނި, ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ރާއްޖޭން ނޭޕާލަށް ދާ މީހުން ކަރަންޓީ ނުކުރަން އެގައުމުން ނިންމައިފިއެވެ.
ނޭޕާލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ ހިމެނޭހެން 67 ގައުމަކުން ނޭޕާލަށް އެތެރެވާ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
އެގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕާއި އެފްރިކާގެ ގައުމުތަކެވެ. ނަމަވެސް ރާއްޖެ ހިމެނޭ ސަރަހައްދުން އެ ލިސްޓުގައި ހިމަނާފައި ވަނީ ރާއްޖެ އެކަންޏެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން, އަމިއްލަ ހަރަދުގައި ހޮޓަލެއްގައި ކަރަންޓީނު ވެ ހަތް ދުވަހަށްފަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ އެވެ. އަދި ނެގެޓިވް ނަތީޖާއެއް ލިބުނަސް, އިތުރު ހަތް ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ. ޕޮޒިޓިވް ވެއްޖެ ނަމަ އެމީހަކު އައިސޮލޭޝަން ސެންޓަރަކަށް ނުވަތަ ހޮސްޕިޓަލަކަށް ބަދަލު ކުރެވޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަން އިއުލާން ކުރީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ކޭސް ފެނުނީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ. ނަމަވެސް ފަހުން އިތުރު ހަތަރު ކޭސް ވަނީ ފެނިފައެވެ. އެ ހަތަރު ކޭހަކީވެސް ދެކުނު އެފްރިކާއަށް ދަތުރުކުރުމުގެ ހިސްޓަރީއެއް އޮތް ބައެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު