ވުމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021" ގެ އެންމެ ޝަރަފުވެރި އެވޯޑް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021" ހަފުލާގައި، މައިމޫނާއަށް ލިބިވަޑައިގެންނެވީ ވުމަން އޮފް ދަ އިޔާއެވެ. މައިމޫނާއަށް އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިރޭގެ އެވޯޑް ހަފުލާގައި ވަނީ ދެ ބޭފުޅަކަށް އިންސްޕިރޭޝަނަލް ވުމަން އޮފް ދަ އިޔާގެ އެވޯޑް ދީފައެވެ. އެއީ އަންހެން ޓެކްސީ ޑްރައިވަރު އާމިނަތު ވަހީދާއާއި އައިޖީއެމްއެޗުގެ ސީނިއާ ގައިނޮކޮލިޖިސްޓް ޑރ. ޖަބީން އަލީ ޝަރީފެވެ. އެ ދެބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

  • ލީޑަޝިޕް އެކްސެލެންސް އިން ހިއުމަން ރިސޯސް، ފަޒްނާ މަންސޫރު
  • ލީޑަޝިޕް އެކްސެލެންސް އިން ބޭންކިން އެންޑް ފައިނޭންސް، ފަރީހާ ޝަރީފް
  • ލީޑަޝިޕް އެކްސެލެންސް އިން ޓްރެވެލް އެންޑް ޓޫރިޒަމް، މާރިޔާ ޝަރީފް
  • ލީޑަޝިޕް އެކްސެލެންސް އިން ހޮޓެލް އެންޑް ހޮސްޕިޓާލިޓީ، އާމިނަތު ނަދީމާ
  • ލީޑަޝިޕް އެކްސެލެންސް އިން މެންޓަލް ހެލްތު، ޑރ. އައިޝަތު ޝަނޫރާ
  • ލީޑަޝިޕް އެކްސެލެންސް އިން ހެލްތު، ޑރ. ޖުމައިލަތު ބޭގަމް
  • ލީޑަޝިޕް އެކްސެލެންސް އިން ނާސިން، މައިމޫނާ ސުޖާއު
  • ލީޑަޝިޕް އެކްސެލެންސް އިން ސްޕޯޓްސް، ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް
  • ލީޑަޝިޕް އެކްސެލެންސް އިން ސްޓޭޓް އެންޑް ގަވަމަންޓް، ފާތިމަތު ހަބީބާ
  • ލީޑަޝިޕް އެކްސެލެންސް އިން އެޑިއުކޭޝަން، އައިޝަތު ޝެހެނާޒް އާދަމް
  • ލީޑަޝިޕް އެކްސެލެންސް އިން އާޓް އެންޑް ހެރިޓޭޖް، ނަސީމާ މުހައްމަދު ކަލޭގެފާނު
  • ލީޑަޝިޕް އެކްސެލެންސް އިން މީޑިއާ، ފަޒީނާ އަހުމަދު
  • ލީޑަޝިޕް އެކްސެލެންސް އިން ކްލައިމެޓް ޗޭންޖު، އައިޝަތު ހުދާ އަހުމަދު
  • ލީޑަޝިޕް އެކްސެލެންސް އިން ކޮންސްޓްރަކްޝަން، ފާތިމަތު ޝާނާ ފާރޫގް
  • ލީޑަޝިޕް އެކްސެލެންސް އިން ލީގަލް، އައިޝަތު ސުޖޫން މުހައްްމަދު
  • އައުޓްސްޓޭންޑިން ވުމަން އެންޓަޕްރިނިއާ (މީޑިއަމް)، ނަދާ ފާތިމަތު
  • އައުޓްސްޓޭންޑިން ވުމަން އެންޓަޕްރިނިއާ (ސްމޯލް) ރާނިޔާ އަހުމަދު މަންސޫރާއި ރާޔާ އަހުމަދު މަންސޫރު

ކެރިއާ ރޯލް މޮޑެލް އޮފް ދަ އިޔާ ލިބުނީ، ޑރ. ޝެހެނާޒް އަލީ އަށެވެ. ބިޒްނަސް ރޯލް މޮޑެލް އޮފް ދަ އިޔާ ލިބުނީ އާބިދާ އިސްމާއިލް އަލީއަށެވެ. ސީއީއޯ އަދި އެމްޑީ އޮފް ދަ އިޔާ އައިޝަތު ޖެނީފާއަށް ލިބުނު އިރު، ޓްރެއިލްބްލޭޒާ އެވޯޑް ލިބުނީ ފަރްހަތް އިބްރާހީމަށެވެ. ސޯޝަލް ކޮންޓްރިބިއުޓާ އެވޯޑް އާމިނަތު ހިލްމީއަށް ލިބުނު އިރު، ބެސްޓް އޯގަނައިޒޭޝަން ފޯ ޕްރޮމޯޓިން ވުމަން އިން ވޯކް ޕްލޭސް ލިބުނީ އެމްޓީސީސީއަށެވެ.

މީގެ އިތުރުން ބެސްޓް ވުމަން އެމްޕަވާމަންޓް ޕްރޮޖެކްޓް ރަން ބައި އެންޖީއޯ ލިބުނީ މަމްސް އެންޖީއޯއަށެވެ.

މިއަހަރު މުޅިން އަލަށް ތައާރަފުކުރި ޔޫތު ޔަންގް ލީޑަޝިޕް އެވޯޑް ވަނީ ދެ ބޭފުޅަކަށް ލިބިފައެވެ. އެއީ ފާތުމަތު އަހުމަދާއި ހުސައިން ފަރުހާން މުހައްމަދެވެ. ޗެއާޕާސަންސް އެވޯޑް މިއަހަރު ލިބުނީ ޑރ. މިނާހް ފާއިޒް ރަޝާދަށެވެ.

މިރޭގެ ހަފުލާގައި ވަނީ އަންހެނުން ބާރުވެރިކުރުވުމަށް އެހީތެރިވި ޕާޓްނަރުންނަށާއި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭ ބޭފުޅުންނަށްވެސް އެވޯޑް ދީފައެވެ.