ބ. ފެހެންދޫ ބަަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިއްޖެ އެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނިމުނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ޖުމުލަ 45.1 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުނ،ް ބަނދަރު އަދި ނެރު ފުންކުރުމާއ،ި 130 މީޓަރު ބޭރުތޮށި ލުމާއ،ި 214 މީޓަރު އެއްގަމު ތޮށި ލުމާއ،ި 317 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ރޭމްޕެއް ހެދުމުގެ މަސައްކަތާއި ބަނދަރާއި ރަށާއި ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބުރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި، ސެޓުލްމަންޓް ޓޭންކު ހެދުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ބަނދަރު މަޝްރޫއުގެ މަސައްކަތުގައި ފެހެންދޫގައި އެ ކުންފުނިން ހޭދަކުރި މުއްދަތުގެ ތެރޭގައި ފެހެންދޫއަށް ބޭނުންވެފައިވާ ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އިޖުތިމާއީ ޒިންމާގެ ދަށުން، ފެހެންދޫ ދޯނި އެހެލާ ސަރަހައްދު ފުންކޮށްދިނުމާއި، ވިއްސާރަވެ ފެން ހެދޭ ސަރަހައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްދިނުމާއި، ރައްޔިތުން މޫދަށް އެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕެއް ގާއިމުކޮށްދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުއް އިންދުމާއި، ކުނި މެނޭޖުކުރާ ސަރަހައްދު ސާފުކޮށްދިނުން ފަދަ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީފައިވަ ކަމަށް އެކުންފުނިން ބުންޏެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ވަނީ ނިންމާފަ އެވެ.