މިއަހަރުގެ ގޯ ގްރީން ހަރަކާތުގެ މީޑިއާ ޕާޓުނަރަކަށް "ވަން" އޮންލައިން ހަމަޖައްސައިފިއެވެ.
އެ ހަރަކާތަކީ، ތިމާވެށްޓާމެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސް އިން އިންތިޒާމުކުރާ ހަރަކާތެވެ.
ވަން އޮންލައިންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގައި އެއްބަސްވުމުގައި "ވަން" ގެ ފަރާތުން ސޮއިކުރެއްވީ، މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާއެވެ. ކްލީން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ބޯޑް މެންބަރެއް ކަމަށްވާ އިނާސް އަހުމަދެވެ.
މިއަހަރުގެ ގޯ ގްރީން ހަރަކާތް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. މިއަހަރުގެ ހަރަކާތުގައި 3،000 ގަސް އިންދުމަށް ވަނީ ހަމަޖައްސައިފައެވެ.
- 1،500 މަގޫ ގަސް
- 500 ދިއްގާ ގަސް
- 500 ހިރުނދު ގަސް
- 500 ކުރެދި ގަސް
ގޯ ގްރީން ކެމްޕެއިނުގެ އަމާޒަކީ ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމެވެ.
ގޯ ގްރީން ކެމްޕެއިނުގެ ދަށުން ކްލީން މޯލްޑިވްސްއިން 2019 ވަނަ އަހަރު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2،000 ގަސް އިންދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު