ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 74 ޕަސަންޓް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުންކުރުމުގެ މިހާރު ނިންމާލައިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު